ސަޓާ

ސަޓާ 2019 ގައި ސްރީލަންކަން އެއާލައިންސްއަށް ޝަރަފުވެރި ދެ އެވޯޑެއް

މިންހާ ފާއިޒް ރަޝާދު

ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2019 ގައި ސްރީލަންކަން އެއާލައިންސްއަށް ޝަރަފުވެރި ދެ އެވޯޑެއް ލިބިއްޖެއެވެ.

އަމާރީ ގޯލްގައި މިމަހު 19 އިން 20 އަށް ބޭއްވިގެން ދިޔަ ސަޓާ 2019 ގެ ހަރަކާތްތަކުގެ ތެރެއިން ގާލާ އެންޑް އެވޯޑު ހަފްލާގައި ސްރީލަންކަން އެއާލައިންސަށް ލިބިގެން ދިޔަ ދެ އެވޯޑަކީ "ލީޑިން އިންޓާނޭޝަނަލް އެއާލައިން" އާއި "ލީޑިން ޕެސެންޖާ ކްލާސް - ބްޒިނަސް" އެވެ. މި ދެއެވޯޑުވެސް ސްރީލަންކަން އެއާލައިންސްއަށް ލިބިގެން ގޮސްފައިވަނީ ވިސިޓާސް ޗޮއިސް ކެޓަގަރީއިންނެވެ.

އެ އެއާލައިނަށް ލިބިގެންދިޔަ އެވޯޑާ ހަވާލުވީ ރާއްޖޭގެ މެނޭޖަރު ކަމަށްވާ ސުޖީވާ ރޮޑްރިގޯއެވެ.

2016 ވަނަ އަހަރުންފެށިގެން ހައިރައިސް އިން އިންތިޒާމު ކޮށްގެން ބާއްވާ ސަޓާ އަކީ ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ޓްރެވަލް އިންޑަސްޓްރީއަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު އެވޯޑު ހަފުލާއެވެ.

މިއަހަރުގެ ސަޓާއަށް، ހަ ގައުމަކުން 500 ނޮމިނޭޝަން ހުށަހަޅާފައިވާއިރު މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން 18 އިންޑަސްޓްރީ، އޯގަނައިޒޭޝަނާއި ޓުއަރިޒަމް ބޯޑު ތަކުން ވަނީ މިހަފުލާ އެންޑޯޒް ކޮށްފައެވެ.

މިއަހަރު ސަޓާގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.