މާލޭ ސިޓީ ދެކުނު ހާބަރު ސަރަހައްދުގައި އޮތް ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ މީރާޒް 4 ނަމަކަށް ކިޔާ އެ ލޯންޗު ދިޔަވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު 15:02ހާއިރު ކަމަށެވެ. އަދި އެ މައުލޫމާތު ލިބުމާއެކު ދިޔަވަމުން އަންނަ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިޔާގެ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން މިހާރު އަންނަނީ ޕަންޕު ބޭނުންކޮށްގެން ލޯންޗުން ދިޔަ ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.