ސައުދީ އަރަބިއާ

ޚަޝޯގީގެ ހަށިގަނޑު ނައްތާލަން އެސިޑާއި ކެމިކަލް ބޭނުންކުރި: ތުރުކީ

މުހައްމަދު އައުޒަމް

ތުރުކީގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓުގައި މަރާލާފައިވާ ސައުދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ ހަށިގަނޑު ނައްތާލަން ސައުދީގެ އޮފިޝަލުން އެސިޑްގެ އިތުރުން ކެމިކަލް ބޭނުންކުރި ކަމަށް ތުރުކީން ބުނެފިއެވެ.

ހަބަރުތައް ބުނާގޮތުގައި ޚަޝޯގީގެ ހަށިގަނޑު ވަޅުލާފައިއޮތް ވަޅުން ހައިޑްރޯ ފޮލްރިކް އެސިޑްގެ އިތުރުން ނުރައްކާތެރި ކެމިކަލްއެއްގެ އަސަރު ވަނީ ފެނިފައެވެ.

ޚަޝޯގީގެ ހަށިގަނޑުގެ ބައިތައް ފެނިފައިވަނީ އިސްތަމްބުލްގައި ހުންނަ ސައުދީ ކައުންސިލް ޖެނެރަލްގެ ގޭގެ ގޯތިތެރޭގައި ހަދާފައި ހުރި ވަޅުގަނޑަކުންނެވެ.

މިިދިޔަމަހު ޚަޝޯގީގެ ހަށިގަނޑު ވަޅުލާފައިވާ ސަރަހައްދަށް ވަނުމުގެ ފުރުސަތު ލިބުމާއެކު ތުރުކީގެ އިންވެސްޓިގޭޓަރުން ވަނީ ހަށިގަނޑުގެ ބައިތައް ވަޅުލާފައިވާ ވަޅުގަނޑުން ސާމްޕަލް ނަގައި ތަހުލީލު ފުޅާކޮށްފައެވެ.

ސައޫދީން ޚަޝޯގީގެ މަރުގެ ހަގީގަތް ހާމަކުރަން ފަށާފައިވާއިރު އެމެރިކާއިން ދިޔައީ އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގައި ދިނުމަށް ސައޫދީއަށް ޕްރެޝަރު ކުރަމުންނެވެ.

ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް މިމަހުގެ ދެވަނަ ދުވަހު ޚަޝޯގީ ދިޔައީ އޭނާގެ ލޯބިވެރިޔާއާ އެކުގައެވެ.