މިންހާ ފާއިޒް ރަޝާދު
ސްރީލަންކާގެ އަމާރީ ގޯލްއިން މިންހާ ފާއިޒު (މިންނު)
ދެކުނު އޭޝިއާގެ ފަތުރުވެރިކަމާއި ޓްރެވަލް އިންޑަސްޓްރީއަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު އެވޯޑު ހަފުލާ، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް 2019 މިވަނީ މި މަހުގެ 19 އަދި 20 ގައި، ސްރީލަންކާގެ އަމާރީ ގޯލްގައި ބާއްވާފައެވެ.
ސަޓާ 2019 ގެ ގާލާ އަދި އެވޯޑްސް މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އިރު މީގެ ކުރީގެ ތިން އަހަރޭ އެއްފަދައިން މިއަހަރުވެސް އެންމެ ގިނަ އެވޯޑުތައް އުފުލާލީ ދިވެހި ރާއްޖެއިންނެވެ.
މިއަހަރުގެ ސަޓާގެ، 112 ކެޓަގަރީއަށް ހަ ގައުމަކުން 500 ނޮމިނޭޝަން ހުށަހަޅާފައިވާއިރު އޭގެތެރެއިން، 32 އެވޯޑު ލިބިފައިވަނީ ރާއްޖެއަށެވެ. އޭގެ އިތުރުން ވިސިޓާސް ޗޮއިސްގެ ހަތަރު އެވޯޑުވެސް ލިބުނީ ދިވެހި ރާއްޖެއަށެވެ.
ރާއްޖެއަށް ލިބުނު ވިޒިޓާސް ޗޮއިސް އެވޯޑުތަކާ ހަވާލުވެވަޑައިގަތީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑައިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.
މީގެ އިތުރުންވެސް ރާއްޖެއަށް ވަނީ 32 އެވޯޑެއް އެކި ކެޓަގަރީތަކުން ލިބިފައެވެ. އެ އެވޯޑު ތަކަކީ:
ރާއްޖެއާ އެންމެ ކައިރިން ވާދަކުރީ އިންޑިއާއެވެ. އެކި ކެޓަގަރީތަކުން އިންޑިއާގެ ފަތުރުވެރިކަމާގުޅުން ހުރި ފަރާތްތަކަށް ވަނީ 31 އެވޯޑު ލިބިފަ އެވެ.
މީގެ އިތުރުން އިންޑިއާއަށް ވަނީ ވިޒިޓާސް ޗޮއިސްގެ ލީޑިން ހެރިޓޭޖް ޑެސްޓިނޭޝަން އެވޯޑުވެސް ލިބިފަ އެވެ. އަދި ސްޕެޝަލް ރެކަގްނިޝަން އެވޯޑެއް ވަނީ އިންޑިއާ ސިޓީ ވޯކްއަށް ލިބިފަ އެވެ.
އިންޑިއާއަށް ލިބުނު އެވޯޑު ތަކަކީ:
މިފަހަރު ސަޓާ ބޭއްވި ގައުމު ކަމުގައިވާ ސްރީލަންކާއަށް ވަނީ ތިން ވަނައަށް އެންމެ ގިނަ އެވޯޑު ލިބިގެން ގޮސްފައެވެ.
ހަމައެއާއެކު ސްރީލަންކަން އެއާވޭސް އަށް ވިޒިޓާސް ޗޮއިސްގެ ލީޑިން އިންޓާނޭޝަނަލް އެއާލައިން ލިބިފައިވާއިރު ސްރީލަންކަން އެއާލައިންސްގެ ބިޒްނަސް ކްލާސް އަށް ވަނީ ލީޑިން އެއާލައިން ޕެސެންޖާ ކްލާސް - ބިޒިނަސް ލިބިފަ އެވެ.
ސްރީލަންކާއަށް ލިބުނު އެވޯޑުތަކަކީ:
އިންޑިއާ ސްރީލަންކާއަށް ފަހު އެންމެ ގިނަ އެވޯޑު ލިބުނީ ބަންގްލަދޭޝް އަށެވެ. ބަންގްލަދޭޝުންވަނީ 12 އެވޯޑެއް ހޯދާފައެވެ.
މީގެ އިތުރުން ބަންގްލަދޭޝަށް ވަނީ ވިޒިޓާސް ޗޮއިސްގެ އިމާޖިން ޑެސްޓިނޭޝަން އެވޯޑުވެސް ލިބިގެން ގޮސްފައެވެ.
ސަޓާ 2019 ގައި ނޭޕާލަަށް އަށް އެވޯޑެއް ލިބިފައިވާއިރު ބޫޓާނަށް ހަތް އެވޯޑު ލިބިފަ އެވެ.
ލަންކާގެ ސަގާފީ ހަރަކާތްތަކާއެކު ބޭއްވި މި އެވޯޑު ހަފުލާ ނިންމާލާފައި ވަނީ ހަވާ އެރުވުމުގެ ހަރަކާތަކާ އެކުގަ އެވެ.
މިއަހަރު ސަޓާގެ އޮފިޝަލް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.