ރޭ އަބަދަށް ފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވި އިމާރާތެއްގެ މަތީގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފުން ނިއްވާލައިފިއެވެ.
އެތަނުގައި ރޯވެގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފެށީ 11:20 އެހާކަންހާއިރުއެވެ. ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފަޔާ ޓީމުން ހަރަކާތްތެރިވެ، ފެން ޖަހައިގެން އެ އަލިފާންގަނޑު މިހާރު ވަނީ ނިއްވާލައިފައެވެ. އެތަނުން މިހާރު ކުރަމުންދަނީ ދުމުގެ އަސަރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ރޭގެ އަލިފާނުގެ ހާދިސާ ހިނގި ސައިޓުން ފަޔާ ޓީމުން އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފުން މައުލޫމާތުދޭ ގޮތުގައި، އަލިފާނުގެ އިތުރު ހާދިސާއެއް ހިނގާފާނެ ކަމަށް 24 ގަޑިއިރު، ފަޔާ ޓީމުން ފަޔާ ވެހިކަލްއާއެކު ދަނީ އަލިފާން ހިނގި ސައިޓް މޮނީޓާ ކުރަމުންނެވެ.