ކުއްލި ޚަބަރު

ޓެރަރިސްޓް ޖަމާއަތް ކަމަށް ބެލެވޭ 17 ޖަމާއަތެއްގެ ނަން އާންމުކޮށްފި

މަރިޔަމް ޝަހުދާ

ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ބެލެވޭ 17 ޖަމާއަތެއްގެ ނަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާންމުކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ގައުމީ ސަލާމަތީ މަޖިިލީހުގެ ލަފަޔާއެކު ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު ސަރުކާރުން އާންމު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ޓެރަރިސްޓު މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ރައީސް ކަނޑައަޅާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ބެލެހެއްޓުން ހަވާލުކޮށްފައިވަނީ ސިފައިންނަށެވެ.

ސަރުކާރުން ކަނޑައެޅި ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުގައި ހިމެނޭ ޖަމާއަތްތަކަކީ؛

- އިސްލާމިކް ސްޓޭޓް (އައިސިލް/އައިއެސްއައިއެސް/އައިސިސް)

- އަލް ޤައިދާ

- ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)

- ލަޝްކަރޭ ޠައިބާ

- އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ

- އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް

- އަބޫ ސައްޔާފް ގްރޫޕް

- ބޮކޮ ހަރަމް/ ބޯކޯ ހަރަމް

- އަލް ޝަބާބް

- އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް

- ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީޓީޕީ)

- ޙަރަކާތުލް ޖިހާދު އަލް އިސްލާމީ

- ޖައިޝޭ މުޙައްމަދު

- އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)

- ނޭޝަނަލް ތައުޙީދް ޖަމާޢަތް

- ޖަމާޢަތު މިއްލަތޭ އިބްރާހީމް

- ވިލާޔަތް އަލް ސޭލާނީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެ ޖަމާއަތްތަކުގެ ނަންތައް އާންމުކުރައްވަން ނިންމެވީ، ރާއްޖޭގެ އެކި ފަރާތްތަކުން ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ހިންގާ ޓެރަރިސްޓް އަމަލުތައް ހުއްޓުވުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަކަށްވާތީ ކަމަށެވެ.