ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ފަރާތުން އެމްއެންޑީއެފަށް ހަތަރު ޑްރޯން ހަދިޔާ ކޮށްފިއެވެ.
އެމްއެންޑީއެފްގެ ލީޑާޝިޕާއެކު މިއަދު ބަންޑާރަކޮށީގައި ބޭއްވި ބައްދަލުވުމުގައި އެންޑީއެމްއޭގެ ފަރާތުން އެ ހަތަރު ޑްރޯން އެމްއެންޑީއެފަށް ހަދިޔާކޮށްދެއްވީ އެ އެތޯރިޓީގެ ޗީފް އެކްޒެކެޓިވް ހިސާން ހަސަން އާއި ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު މޫސާ ފިކުރީ އަދި ޑައިރެކްޓަރު ޖެނެރަލް ސަފީނާޒެވެ.
އެމްއެންޑީއެފްގެ ފަރާތުން ޑްރޯންތަކާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލައި އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް، ކާނަލް މުހައްމަދު ސަލީމް އަދި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް ކޮމަޑާންޓް ކާނަލް އަބްދުﷲ އިބްރާހީމެވެ.
މި ޑްރޯންތަކަކީ ހިއުމެނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓާ ރިލީފް (އެޗްއޭޑީއާރު) އޮޕަރޭޝަނާއި ސާޗް އެންޑް ރެސްކިއުގެ މަސައްކަތްތައް ކުރުމުގައި ދިވެހި ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ މަތިކޮށްދީ، ޑިޒާސްޓާ ރެސްޕޮންސް އިތުރުކޮށްދިނުމުގެ ގޮތުން ހަވާލުކުރި ޑްރޯންތަކެކެވެ.