ވަގު ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން އަނެއްކާވެސް ހުއްޓުވައިފިއެވެ.
އިމިގްރޭޝަނުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެވާން މަސައްކަތް ކުރި ފިރިހެނަކު ހުއްޓުވީ މިއަދު ކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ހާމައެއް ނުކުރެއެވެ.
ދާދި ފަހުން ޝަހްސު އޮޅުވާލައިގެންނާއި ވަގު ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅެނިކޮށް އިމިގްރޭޝަނުން ހިފަހައްޓާ މީހުންގެ މައުލޫމާތު އެ ޑިޕާޓްމަންޓުން ދަނީ އާންމު ކުރަމުންނެވެ.
ބޭނުންކޮށްގެން ރާއްޖެ އެތެރެވާން މަސަައްކަތް ކުރާ ބިދޭސީންގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޝަހްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި 11 މިހަކު އިމިގްރޭޝަނުން ވަނީ ހުއްޓުވައިފައެވެ.
އެމީހުންގެ ފޮޓޯ އިމިގްރޭޝަނުން އާންމުކުރި ނަމަވެސް، އެމީހުންނަކީ ކޮން ގައުމެއް އަދި އެމީހުން ރާއްޖެ އައިސްފައިވަނީ ކޮން ގައުމަކުން ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.