އައިޖީއެމްއެޗް

މެންޓަލް ހެލްތު ސެންޓަރުން "ވޯލްޑް މެންޓަލް ހެލްތު ވީކް" ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ހިންގަނީ

ޝަހީދާ އަބްދުﷲ ސައީދު

އައިޖީއެމްއެޗްގެ މެންޓަލް ހެލްތު ސެންޓަރުން ''ވޯލްޑް މެންޓަލް ހެލްތު ވީކް'' ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަން ނިންމައިފިއެވެ.

އައިޖީއެމްއެޗް އިން މިއަދު ބުނީ، ''ވޯލްޑް މެންޓަލް ހެލްތު ވީކް'' ފާހަގަކުރުމަށް މެންޓަލް ހެލްތު ސެންޓަރުގެ ފަރާތުން މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ތަފާތު ހަރަކާތްތައް ހިންގަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މެންޓަލް ހެލްތާ ބެހޭ މައުލޫމާތު ސެޝަންތަކެއް އާންމުންނަށް ދިނުމާއި ''އަ ވޯކް ފޯރ މެންޓަލް ވެލްބީންގ''ގެ ނަމުގައި ހިނގާލުމެއް ބޭއްވުމުގެ އިތުރުން އާޓް އެގްޒިބިޝަނެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އައިޖީއެމްއެޗުން މައުލޫމާތު ދެއެވެ.

''ވޯލްޑް މެންޓަލް ހެލްތު ވީކް'' އަކީ ނަފްސާނީ ބަލިތަކާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުވުމަށް މުޅި ދުނިޔޭގައި ފާހަގަކުރާ ހަފްތާއެކެވެ. ރާއްޖޭގައި މިއަދު ވަނީ މިދުވަސް ފާހަގަކުރަން ފަށައިފައެވެ.