މޯލްޑިވިއަން

މޯލްޑިވިއަންގެ އޮފީހެއް ޓްރެވެންޑްރަމްގައި ހުޅުވައިފި

އާނިފާ ހުސެއިން ސިރާޖް

ގައުމީ އެއާރލައިން މޯލްޑިވިއަންގެ ފުރަތަމަ އިންޓަނޭޝަނަލް ސޭލްސް އޮފީހެއް ޓްރެވެންޑްރަމްގައި ހުޅުވައިފިއެވެ.

އިއްޔެ އެ އޮފީސް ހުޅުއްވައިދެއްވީ ރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އައިޝަތު މުހައްމަދު ދީދީ އެވެ.

2008 އިން ފެށިގެން މޯލްޑިވިއަން އިން އަންނަނީ ކޮންމެދުވަހަކު ޓްރިވެންޑްރަމަށް ދަތުރުތައް ކުރަމުންނެވެ. މޯލްޑިވިއަންއިން މިހާރު އަންނަނީ މިއަންނަ މަހުގެ ތެރޭގައި މާލެއާއި ކޮޗިން، އަދި ހަނިމާދުއާ ކޮޗިންއާ ދެމެދު ދަތުރުތައް ފަށަން ވެސް ތައްޔާރުވަމުންނެވެ.