ސިޔާސީ

ދައުރު ދެބައިނުވަނީސް ޖޭޕީން އިދިކޮޅޮ ޕާޓީގެ ގޮތުގައި ހަރަކާތް ފަށާ: އެމްޕީ މޯޑް

އިބްރާހިމް ޒަކީ

1

ކޮންމެ ސަރުކާރެއް ވެސް ވެރިކަމަށް އައީ ޖުމްހޫރީ ޕާޓީގެ ބައިވެރިވުމާ އެކު ކަމަށާއި، ނަމަވެސް "ކޮންމެ ފަހަރަކު ވެސް ވެގެން ދާ ގޮތް" ވިޔަ ނުދިނުމަށް ހުރިހާ މެމްބަރުން މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވުމުން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު، ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަބުދުﷲ ޝަފީގު ފާޑު ވިދާޅުވެއްޖެއެވެ.

ގާސިމަށް ފާޑުވިދާޅުވެ މުހައްމަދު އަބުދުﷲ ޝަފީގު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަހުގެ ތާރީހުގައި ބޭއްވި ތިން އިންތިހާބުގައިވެސް ކާމިޔާބު ހޯދީ ޖޭޕީ ޝާމިލުވާ ކޯލިޝަނަކުން ކަމަށެވެ. އެކަމަކު ދައުރު ދެބައިނުވަނީސް އިދިކޮޅޮ ޕާޓީގެ ގޮތުގައި ޖޭޕީން ހަރަކާތްތެރިވާން ފަށާ ކަމަށް އޭނާ ވިދާޅުވިއެވެ.

2033ގައި އޮންނަ ރިޔާސީ އިންތިހާބަށް ޖޭޕީ ވަރުގަދަކުރަން، ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރޭ މެމްބަރުންނަށް ގޮވާލައްވާފައިވާތީ، ވެލިދޫ ދާއިރާގެ މެންބަރު ވިދާޅުވީ، ޖޭޕީއަށް ފުރުސަތު ލިބުމަށްވުރެ މުހިންމުވެފައި އޮންނަނީ ގާސިމަށް ވެރިކަން ނުލިބުން ކަމަށެވެ.

ޖޭޕީއަށް އަލަށް ގުޅުނު ފަރާތްތައް ސޮއިކުރުމަށް ރޭ ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޖޭޕީއަށް މެމްބަރުން އިތުރުކޮށް، އެޕާޓީއަށް ބޮޑު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެންމެ ޑިމޮކްރެޓިކް ޕާޓީއަކަށް ވެގެންދާނީ ޖޭޕީކަން ފާހަގަކުރައްވައި، ގާސިމް ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޖޭޕީން ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.

ނަމަވެސް އެ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ވާދަކުރައްވާނީ ހުދު އެބޭފުޅާތޯ ނޫނީ އެހެން ބޭފުޅެއްތޯ ނިންމާނީ ޕާޓީން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟