ދެކުނުގެ އަތޮޅެއްގެ ރަށެއްގައި އަންހެން ދަރިވަރަކާއި ބިދޭސީ ޓީޗަރަކު ކޮޓަރިއެއްގައި ތިބި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ، އެފަދަ މައްސަލައެއް ފުލުހުންނަށް މިއަދު ހުށަހަޅާފައިވާއިރު، އެމައްސަލައާ ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.
"ވަން"އަށް މައުލޫމާތު ލިބިފައިވާ ގޮތަކީ އެ މައްސަލަ ހިނގާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައެވެ. ނަމަވެސް، އެކަން ފުލުހުން އަދި ކަށަވަރު ކޮށެއް ނުދެއެވެ.