2006 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް ގިނަ ބައެއްގެ ލޯބި ހޯދައިފައިވާ އަގްލީ ބެޓީ ސީރީސް އެނބުރި އަންނާނެ ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.
ޝޯގައި މާރކް ސެއިންޓް ޖޭމްސްގެ ރޯލު ކުޅޭ މައިކެލް ޔޫރީ ބޭރުގެ މީޑިއާ ތަކަށް ދީފައިވާ އިންޓަވިއުއެއްގައި ބުނީ ގޮތުގައި އެ ސީރީޒް ފެށުމުގެ ޝައުގުވެރިކަން ހުރި ކަމަށެވެ. ސީރީޒްގެ ހުރިހާ ކާސްޓުން ތިބީ ކުޅެން ތައްޔާރަށް ކަމަށްވެސް މައިކެލް ޔޫރީ ބުންޏެވެ.
މައިކެލް ޔޫރީ ވަނީ ސީރީޒް އުދައްދާ އޭބީސީ ޕްރޮޑަކްޝަން ހައުސްއަށް އަލުން އެ ސީރީޒް ފެށުމަށް ވެސް ގޮވާލާފައެވެ. މީގެ އިތުރުން މައިކެލް ޔޫރީ ބުނި ގޮތުގައި އޭގެ އެއް ކެރެކްޓަރު ޓްރަމްޕްގެ ސަޕޯޓަރެއްގެ ގޮތުގައިވެސް ޕޯޓުރޭ ކުރަން ބޭނުންކުރެވިދާނެ އެވެ.
އަގްލީ ބެޓީގައި ބެޓީގެ ރޯލު ކުޅޭ އެމެރިކާ ފެރޭރާ ވެސް ވަނީ އެ ސީރީޒް އަލުން ފަށަން ބޭނުން ވާ ކަމަށް ބުނެފައެވެ. ފެރޭރާ ބުނީ ހުރިހާ ކާސްޓުން ތައްޔާރަށް ތިބި ކަމަށާއި ދެން އޮތީ އޭބީސީ ޕްރޮޑަކްޝަން ހައުސް އެއަށް އެއްބަސް ކުރުވުން ކަމަށެވެ.
އަގްލީ ބެޓީގެ އެންމެ ފަހުގެ އެޕިސޯޑް ނިމިފައިވަނީ ބެޓީ ލަންޑަނަށް ވުމެން މެގަޒިނެއްގައި މަސައްކަތް ކުރުމަށް ފުރިތަނުންނެވެ.