އެމެރިކާގެ މިޑްޓާމް އިންތިހާބުން ޑިމޮކްރަޓުންނަށް ލިބުނު ކާމިޔާބީގެ އުފާފާޅުކުރަމުން ދާއިރު އިންތިހާބު ކާމިޔާބު ކުރެއްވި ގިނަ ޑިމޮކްރަޓުން ބޭނުންވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ހުށަހަޅައި މަގާމުން ދުރުކުރާށެވެ.
ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު ޑިމޮކްރަޓުންނަށް ބޮޑެތި ބާރުތަކެއް ލިބިގެން ދާނެއެވެ. ހާއްސަކޮށް ޓްރަމްޕުގެ ނިންމުންތަށް ބަދަލުކުރުމުގެ ބާރު އެބޭފުޅުންނަށް ފުރިހަމައަށް ލިބިގެން ދާނެއެވެ. އަދި ޓްރަމްޕު ނިންމަވާފައިވާ ނިންމުންތައް ވެސް ބަދަލުކުރުމުގެ ބާރު ލިބިގެން ދާނެއެވެ. މީގެ އިތުރުން އެމެރިކާ ސަރުކާރުގެ އިސްވެރިންނާ ގުޅޭ ވިޔަފާރިތަކާއި ސަރުކާރުތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ ކަންކަން ވެސް ތަހުގީގު ކުރުމުގެ ބާރު ޑިމޮކްރަޓުންނަށް ލިބިގެން ދާނެއެވެ.
ޑިމޮކްރަޓުންގެ ލީޑަރު ނެންސީ ޕެލޮސީ ވިދާޅުވެފައިވަނީ އޭނާ ޓްރަމްޕު މަގާމުން ދުރުކުރުމުގެ މަސައްކަތް ގާނޫނު ހަދާ މަޖިލީހުން ކުރުމާ ދެކޮޅު ކަމަށެވެ. ނަމަވެސް މެޖޯރިޓީން އެކަމަށް ނުކުންނަކަމުގައި ވާނަމަ ކުރެވޭނެ ކަމެއް ނޯންނާނެކަމަށް ވިދާޅުވިއެވެ. ޓްރަމްޕު މަގާމުން ދުރުކުރުމަށް %77 މީހުން ވަނީ ތާއީދު ކޮށްފައެވެ.
ޓްރަމްޕް މަގާމުން ދުރުކުރުމަށް އެންމެ ގިނަ މީހުން ތާއީދުކުރީ އެމެރިކާގެ ކެލިފޯނިއާއިންނެވެ. އެ ސިޓީން %54 މީހުން ތާއީދުކުރި އިރު ނިއުޔޯކް އިން %52 މީހުން ވަނީ ތާއީދުކޮށްފައެވެ.