ދުނިޔެ

އެމެރިކާގެ ތާރީހުގައި ފުރަތަމަފަހަރަށް ކޮންގްރެސްއަށް މުސްލިމް ދެ އަންހެނުން

މުހައްމަދު އައުޒަމް

އެމެރިކާގައި މިހާރު ކުރިޔަށްދާ މިޑްޓާމް އިލެކްޝަންގައި ވަރަށް ފުރިހަމަ ކާމިޔާބީއަކާ އެކު ފުރަތަމަ ފަހަރަށް ކޮންގްރެސްއަށް މުސްލިމް ދެ އަންހެން ބޭފުޅުން އިންތިހާބު ވެއްޖެއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓުންގެ ގޮތުގައި އިންތިހާބު ކާމިޔާބުކޮށްފައި ވަނީ އެމެރިކާގެ މިންނެސޯޓާ ޑިސްޓްރިކްޓުން އިލްހާން އޮމަރު އަދި ނިޝިގަން އިން ރާޝިދާ ތްލައިބެވެ. މި ދެ ބޭފުޅުން ފާހަގަ ކުރެވެނީ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އިންތިހާބުގައި ބައިވެރިވި ނުފޫޒު ގަދަ ދެބޭފުޅުންގެ ގޮތުގައެވެ.

އިލްހާން އޮމަރަކީ ކޮންގްރެސްއަށް ހޮވުނު ފުރަތަމަ މުސްލިމް އަންހެން ބޭފުޅުންގެ ތެރޭގައި ހިމެނިގެންދިޔަ ބޭފުޅަކަށް ވުމުގެ އިތުރުން އިލްހާން އޮމަރަކީ މި އިންތިހާބު ކާމިޔާބުކުރެއްވި ފުރަތަމަ ސޯމާލީ އެމެރިކަން ބޭފުޅާއެވެ. ރާޝިދާ ތްލައިބަކީ ފަލަސްތީނު ނަސްލުގެ ފުރަތަމަ އަންހެން ބޭފުޅާއެވެ.

އިލްހާން އޮމަރު ގެ އިތުރުން ރާޝިދާ ތްލައިބްގެ ނަން އެންޑޯސް ކޮށްފައިވަނީ ޑިމޮކްރަޓިކްގެ ފާހަގަކޮށްލެވޭ ސިޔާސީގޮތުން އެމެރިކާގެ އެންމެ މަޝްހޫރު އެއް އަންހެން ބޭފުޅާ ކަމުގައިވާ އެލެގްޒެންޑްރިއާ އޮކަސިއޯއެވެ.