އަބްދުއްލަތީފް މުހައްމަދު

ބާރަ މެންބަރުން ޖިހާދުވި އިރު ނިޔާޒު ހުންނެވީ ލަންކާގައި ފިއްލަވައިގެން: ލަތީފު

ޝަހީދާ އަބްދުﷲ ސައީދު

3

ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު ޖިހާދުވި އިރު، ކުރީގެ އޮޑިޓަރު ޖެނެރަލް ނިޔާޒު އިބްރާހީމް ހުންނެވީ ސްރީލަންކާގައި ފިއްލަވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ބައެއް މެންބަރުންނަށް ނިސްބަތްކުރައްވާ ނިޔާޒު އިބްރާހީމް މީސް މީޑިއާގައި ދައްކަވަމުންގެންދަވާ ވާހަކަތަކަށް ރައްދު ދެއްވަމުން ލަތީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރިކަމާ ދެކޮޅަށް 12 މެންބަރުން ޖިހާދުވި އިރު ނިޔާޒު ހުންނެވީ ލަންކާގައި ފިއްލަވައިގެން ކަމަށެވެ.

އަދި ދައުލަތުގެ ވަޒީރަކު ކޮރަޕްޝަންގެ އަމަލެއް ހިންގާކަން އެނގިވަޑައިގަތުމުން އެކަން ބެލުމުގެ ކުރިން ރައީސް ޔާމީންއަށް ދަންނަވައިގެން ހުއްދަ ހޯދަން މިނިވަން އޮޑިޓަރަކަށް ޖެހިވަޑައިގަންނަވާނެތޯ ލަތީފު ސުވާލު އުފެއްދެވިއެވެ.

އަދި ލަތީފު ކުރެއްވި އިތުރު ޓުވީޓެއްގައި ބޮޑުތަނުން ރައީސް ޔާމީން ބަލި ކުރުމުން ކުއްލިއަކަށް މާލެ ވަޑައިގެން ގދ. ތިނަދޫގެ ގޮނޑިއެއްގެ ދަހިވެތިކަމުގައި ނިޔާޒު އުޅުއްވަނީ ވަރަށް ހަޑިކޮށް ކަމަށް ވެސް ވިދާޅުވިއެވެ. އަދި ހިތްވަރު ހުރިނަމަ، ފިލައިގެން ދިޔައީ ކީއްވެތޯ ލަތީފުގެ ޓުވީޓުގައި ނިޔާޒުއާ ސުވާލު ކުރައްވާފައިވެއެވެ.

މަޖިލީހުގެ މެންބަރުންނަށް ފާޑުވިދާޅުވެ ނިޔާޒު ކުއްލިއަކަށް މީސް މީޑިއާގައި ވާހަކަދައްކަވަން ފެށުމުން ބައެއް މެންބަރުން ގެންދަވަނީ ނިޔާޒަށް ވަރަށް ބޮދަށް ފާޑުވިދާޅުވަމުންނެވެ. އެގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި ވެއެވެ. އަދި މަޖިލީހުގެ 12 މެންބަރުން މިއަދު ވަނީ ނިޔާޒަށް ވަރުގަދަ ރައްދެއް ދެއްވައިފައެވެ.

ބާރަ މެންބަރުން ވެސް މައިގަނޑުގޮތެއްގައި ނިޔާޒުއާ މެދު ސުވާލު އުފައްދާފައިވަނީ ބޭއިންސާފާ ދެކޮޅަށް ހަނގުރާމަކުރަން ބޭނުންވެ، ރާއްޖެ ދޫކޮށް ވަޑައިނުގެން ޖަލަށްގޮސްގެންނާއި، އަދި އެތައް ގޮތަކުން މިގައުމުގައި ތިބެގެން އެތައް ބަޔަކު ގުރުބާންވި އިރު، ނިޔާޒު ހުންނެވީ ކޮންތާކުތޯ ސުވާލު ކުރައްވާފައެވެ. ބާރަ މެންބަރުން ވަނީ ރައީސް ޔާމީންގެ އަނިޔާވެރިކަމާ ދެކޮޅަށް ނިޔާޒު ކުރެއްވި މަސައްކަތެއް އެބައޮތްތޯ ވެސް ސުވާލު ކުރައްވާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟