ސިވިލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރަމުން ދިޔަ މައްސަލައަކާއި ގުޅިގެން މެއި މަހު ސަސްޕެންޑު ކުރި އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ ވަޒީފާއިން ވަކިކޮށްފިއެވެ.
މިކަން އިސްލާމިކް މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވަނީ ''ވަން އޮންލައިން''އަށް ކަށަވަރުކޮށްދެއްވާފައެވެ.
ޝާފިއު ވިދާޅުވީ މުސްއަބު ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ ސަސްޕެންޑު ކުރި މައްސަލައާއި ގުޅިގެން ކަމަށެވެ. އެގޮތުން މެއި މަހު 30 ދުވަހުގެ މުއްދަތަށް މުސްއަބު ސަސްޕެންޑު ކުރި ކަމަށާއި، އެ ސަސްޕެންޝަންގެ މުއްދަތު އިތުރު ކުރުމަށް ފަހު މިވީހާ ދުވަހު އޭނާ ހުރީ މުސާރަ ލިބޭގޮތަށް ސަސްޕެންޝަންގައި ކަމަށް ވެސް ޝާފިއު ވިދާޅުވިއެވެ.