އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޖެނުއަރީގެ ނިޔަލަށް ބެންކޮކް އޮން އަރައިވަލް ވިސާ ދިވެހިރާއްޖެ ހިމެނޭ ގޮތަށް 21 ގައުމަކަށް ހިލޭ ކުރަން ތައިލެންޑުގެ ކެބިނެޓުން ނިންމައިފި އެވެ.
ތައިލެންޑުގެ ނޫސް، ބެންކޮކް ޕޯސްޓުގެ އިއްޔެގެ އަދަދުގައި ބުނެފައިވާ ގޮތުގައި އޮން އަރައިވަލް ވިސާ ހިލޭ ކޮށްދޭ ސާކުގެ ގައުމު ތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިތުރުން، އިންޑިއާ އަދި ބޫޓާން ހިމެނެ އެވެ. އިތުރު ގައުމު ތަކުގެ ތޭރޭގައި ޗައިނާ އާއި ސައުދީ އަރަބިއްޔާ ވެސް އެ ލިސްޓުގައި ވަނީ ހިމަނައިފަ އެވެ.
ބެންކޮކް އޮން އަރައިވަލް ވިސާގެ ގޮތުގައި ދައްކަން ޖެހެނީ 2000 ބާތެވެ. އަދި ކޮންމެ ސްކޫލު ޗުއްޓީއެއްގައި ވެސް ވަރަށް ގިނަ އަދަދެއްގެ ދިވެހީން ބެންކޮކަށް ދަތުރުކުރެ އެވެ.