ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި މީހަކު މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ވެސް ހުއްޓުވައިފިއެވެ.
އިމިގްރޭޝަންގެ އޮފިޝަލަކު "ވަން"އަށް ވިދާޅުވީ ޝަހުސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތް ކުރި މީހާ އައިސްފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން އަންނާތީ އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށް ވިދާޅުވިއެވެ.
ވައްތަރު މީހެއްގެ ޕާސްޕޯޓެއް ބޭނުންކޮށް، ޝަހްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު މިއަދު ހިފެހެއްޓިއިރު، އިއްޔެ ވެސް އެގޮތަށް އެތެރެވާން އުޅުނު މީހަކު ވަނީ އިމިގްރޭޝަނުން ހިފަހައްޓައިފައެވެ.
މި ދެ މައްސަލައާ އެއްވެސް ގުޅުމެއް އޮތްތޯ "ވަން" އިން ސުވާލު ކުރުމުން އިމިގްރޭޝަންގެ އޮފިޝަލު ވިދާޅުވީ އެކަމާ ބެހޭ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.