ކޮންސްޓަންސް ހަލަވެލި ރިސޯޓުން މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިއްޖެ މަރުވެއްޖެއެވެ.
ފުލުހުން ބުނީ، ހަލަވެލި ރިސޯޓުގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވީ އެ ރިސޯޓަށް އައިސް އުޅުނު ކޮރެއާގެ އުމުރުން 34 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.
އަދި އޭނާ ގެނބިގެން އއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަކަން މިއަދު މެންދުރު 3:00 ހާއިރު ފުލުހުންނަށް ރިޕޯޓްކުރި ކަމަށާއި ނަމަވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދޭ ކަމަށެވެ.
ފުލުހުން ބުނީ އެމައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
މޫދަށް އެރި އުޅުނު ފަތުރުވެރިއަކު މަރުވެފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި ދ. ވޮށްމުލި ރިސޯޓުން ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު ވަނީ މަރުވެފައެވެ. އެ ހާދިސާގައި މަރުވެފައިވަނީ އުމުރުން 43 އަހަރުގެ އެމެރިކާ ފަތުރުވެރިއެކެވެ.