ޝަހްސު އޮޅުވާލައިގެން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން ބުނީ، ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުން ކޮށްގެން ރާއްޖެ އެތެރެވާން އުޅުނު އެ މީހާ ހިފެހެއްޓީ މިއަދު ކަމަށެވެ. ނަމަވެސް އޭނާ އައީ ކޮން ގައުމަކުން މީހެއް ކަމާއި އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް އިމިގްރޭޝަނުން އަދި ހާމައެއް ނުކުރެއެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުން އެކި ނަންނަމުގައި ޝަހްސު އޮޅުވާލައިގެން އަލުން ރާއްޖެ އެތެރެވުމަކީ އާންމު ކަމެކެވެ. އަދި އެފަދަ ބިދޭސީން ހޯދުމަކީ ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ.