އިންޑިއާއިން ފުރައިގެން މާލެ ދަތުރުކުރަމުންދިޔަ ކާގޯ ބޯޓެއްގެ ބުރަފަތީގައި ވަލެއް އޮޅިގެން އެމްއެންޑީއެފްގެ ކޯސްޓުގާޑުގެ ޑައިވަރުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވި ގޮތުގައި މާލެ ދަތުރުކުރަމުން ދަނިކޮށް ކާގޯ ބޯޓު "ބޮންތި 2"ގައި ވަލެއް އޮޅިފައިވަނީ ހދ. ކުޅުދުއްފުށީގެ 188 މޭލު ބޭރުން އޮއްވައެވެ.
އެމްއެންޑީއެފްއިން ބުނީ ކޯސްޓްގާޑަށް އެކަން ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 2:10 ގައި ކަމަށާއި ބޯޓުގެ ވެރިފަރާތުން ހަމަޖެއްސި އެމްޓީސީސީ ލޯންޗުގައި މިރޭ 10:18ގައި ކޯސްޓުގާޑުގެ ޑައިވަރުން ފުރާފައިވާ ކަމަށެވެ.
އެ ލޯންޗަށް ކާގޯ ބޯޓު އޮތް ހިސާބަށް ދެވޭނެ ކަމަށް ލަފާކުރެވެނީ މާދަމާ ހެނދުނު 9:00ގައި ކަމަށް އެމްޑީއެފްއިން ބުނެއެވެ.