މޯލްޑިވިއަން

މޯލްޑިވިއަން އިން އަންނަ މަހު ކޮޗިންއަށް ދަތުރުތައް ފަށަނީ، ދެކޮޅު ޓިކެޓު 150 ޑޮލަރަށް

އާނިފާ ހުސެއިން ސިރާޖް

2

އަންނަ މަހު ރާއްޖޭގެ ގައުމީ އެއާރލައިން، މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިންއަށް ދަތުރުތައް ފެށުމަށް ހަމަޖައްސާފައިވާ އިރު، ދެކޮޅު ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 150 ޑޮލަރަށް ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން ބުނީ މާލެއިން ކޮޗިންއަށް ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 27 ގައި ކަަމަށާއި ކޮންމެ ހަފްތާއަކުވެސް ތިން ފުލައިޓު ކޮޗިންއަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކޮޗިންއަށް ކުރާ ދަތުރުތަކަށް 150 ޑޮލަރަށް ދެކޮޅު ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވީ ނަމަވެސް ހަނިމާދޫއިން ކޮޗިންއަށް ކުރާ ދަތުރުތަކުގެ ޓިކެޓު އަގަކީ 199 ޑޮލަރު ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

ހަނިމާދޫއިން ކޮޗިންއަށް ވެސް ހަފްތާއަކު ފުލައިޓު ދަތުރުކުރާނެ ކަމަށާއި މި ދަތުރުތައްވެސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 27 ގައި ކަމަށް މޯލްޑިވިއަން އިން މައުލޫމާތުދެއެވެ.

ކޮޗިންއަކީ ދިވެހިންގެ ގިނަ ބަޔަކު ބޭސް ފަރުވާއަށް ދާ އިންޑިއާގެ ސިޓީއެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟