ކުއްލި ޚަބަރު

ގެއްލިގެން ހޯދަމުންދިޔަ މީހަކު ކަނޑުމަތިން ސަލާމަތްކޮށްފި

ގެއްލިގެން ހޯދަމުންދިޔަ މީހަކު ކަނޑުމަތިން ފެނިގެން ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ، މިރޭ 8:34 ހާއިރު އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހަވީރު 5:17 ހާއިރުން ފެށިގެން ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ އޭނާގެ އާއިލާއިން ރިޕޯޓްކުރި ކަމަށެވެ.

އަދި މިރޭ 9:30 އެހާކަންހާއިރު މާލެ ކައިރިން ކަނޑުމަތިން އެމްޓީސީސީ ފެރީއަކަށް އޭނާ ފެނިގެން ނަގައިގެން ފުލުހުންގެ އިދާރާއަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އަދި އާއިލާ މީހުން ވެސް އޭނާގެ ގާތު ފުލުހުންގެ އިދާރާގައި އެބަ ތިބި ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.