ކުއްލި ޚަބަރު

ވީއައިއޭއިން ފުރި އެއާ އޭޝިއާގެ ފްލައިޓެއްގައި ރޯވެގެން އަނބުރާ ޖައްސައިފި

ޝަހީދާ އަބްދުﷲ ސައީދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ދާދި ދެންމެ އަކު ފުރި، އެއާ އޭޝިއާގެ ފުލައިޓެއްގެ އިންޖީނުގައި ރޯވެގެން އަނބުރާ އެއާޕޯޓަށް ޖައްސައިފިއެވެ.

''ވަން''އަށް މައުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އޮފިޝަލަކު ވިދާޅުވީ މާލެއިން ފުރި ތައި އެއާއޭޝިއާގެ ފުލައިޓެއް އަނބުރާ ޖައްސަން ބޭނުންވެގެން ލޯކަލް ސްޓޭންޑްބައިގައި އޮތް ކަމަށެވެ. އަދި މިރޭ 8:40 ގައި ފްލައިޓް ކާމިޔާބު ކަމާއެކު ވެލާނާ އެއާޕޯޓަށް ވަނީ ޖައްސައިފައެވެ. އަދި އޭގެން ދަތުރުކުރި އެއްވެސް މީހަކަށް އަނިޔާއެއް ވެފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެނގިފައިވާ ރޯވެފައިވަނީ، މާލެއިން ފުރައިގެން ބެންކޮކަށް ދަތުރުކުރި އެ ފްލައިޓުގައި ރޯވީ ކަނާތު ފަރާތު އިންޖީނުގައެވެ. އަދި ފްލައިޓުގައި އަލިފާން ރޯވީ ބާރު އަޑެއް ކިއުމަށްފަހުގައި ކަމަށާއި އެ އަޑު ބޮޑުތަކުރުފާނު މަގުގައި ހުންނަ ސެނަހިޔާ ހޮސްޕިޓަލާ ހަމައަށް އިވުނު ކަމަށް މަންޒަރު ދުށް ބައެއް މީހުން ވަނީ ބުނެފައެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ފްލައިޓެއްގައި އަލިފާން ރޯވެގެން ވެލާނާ އެއާޕޯޓަށް އެމަޖެންސީގައި ޖެއްސި ފުރަތަމަ ފުލައިޓެވެ.