މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓުގެ ކޮޕީ، ޕާލަމެންޓްރީ ގުރޫޕް ލީޑަރުން އަތުން އަނބުރާ އަތުލާފައިނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓުގެ ކޮޕީ، ޕާލަމެންޓްރީ ގުރޫޕް ލީޑަރުން އަތުން އަނބުރާ އަތުލާފައިނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ރައްޔިތުން މަޖިލިސް އިދާރާގެ އޮފިޝަލް ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ރިލްވާންގެ މައްސަލައިގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޑްރާފްޓް ރިޕޯޓު މަޖިލީހުގެ ޕީޖީ ލީޑަރުން އަތުން އަނބުރާ އަތުލާފައިނުވާނެ ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ''ވަން''އަށް ވިދާޅުވީ، މަޖިލީހުގެ އިދާރާއިން އެހެން ބުނެ ޓުވީޓެއް ކުރީ ބައެއް މީޑިއާތަކުގައި މަޖިލީހުގެ ޕީޖީ ލީޑަރުން އަތުން އެ ރިޕޯޓް އަތުލާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އެކަން ދޮގު ކުރުމުގެ ގޮތުން ކަމަށެވެ.
މަޖިލީހުގައި ތިއްބަވާ ޕީޖީ ލީޑަރުންނަކީ އެމްޑީޕީގެ ޕީޖީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ޕީޕީއެމްގެ ޕީޖީ ލީޑަރު ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރު މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރާއި ޕީއެންސީގެ ޕީޖީ ލީޑަރު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.
މިބޭފުޅުންނަށް ރިލްވާން މައްސަލައިގެ ރިޕޯޓުގެ ކޮޕީއެއް ހަވާލުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.