މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ތިން ރަށެއްގެ ފުޓްބޯޅަ ދަނޑުގެ ޓާފް އެޅުމަށް ފަސްގަނޑު އެއްވަރުކުރުން ފަދަ ފުރަތަމަ މަރުހަލާ ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި ޅ. ހިންނަވަރު، ނ. ހޮޅުދޫ އަދި ނ. ކެނދިކުޅުދޫގައި ތަރައްގީ ކުރާ ފުޓްބޯޅަ ދަނޑުތަކުގެ ފުރަތަމަ މަރުހަލާ ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކުރީ ސިފައިންގެ ވެލްފެއަރ ކުންފުނި (ސިވެކް)އާ އެވެ.

މި އެއްބަސްވުމުގެ ދަށުން މަސައްކަތް ހަވާލުކޮށްފައިވަނީ 14 ދުވަހުގެ ތެރޭގައި މަސައްކަތް ފަށައި ހަ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ގޮތަށް ކަމަށްވެސް ޔޫތު މިނިސްޓްރީން މައުލޫމާތުދެއެވެ.

މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަހްމަދު މަހުލޫފު ސޮއިކުރެއްވިއިރު ސިވެކްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޭޖާ އަހުމަދު ޒުބައިރުއެވެ.