ހޮލީވުޑް

ނިކީ މިނާޖް ގެ 22 ދުވަހުގެ ޓުއާ ފްލޮޕް: އެންމެ ރެޔެއްވެސް ފުލްއެއް ނުވޭ

މީގެ ތިން މަސް ފަހުން ބާއްވަން ހަމަޖެހިފައިވާ ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖް ގެ 22 ދުވަހުގެ ޓުއާގެ ޓިކެޓްތައް ވިކުމުގައި ދަތިތައް ކުރިމަތިވެ އެންމެ ރެއެއްވެސް ފުލް ނުވާ ކަމުގެ ހަބަރުތައް ފެތުރިއްޖެއެވެ.

މީޑިއާ ތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 35 އަހަރުގެ ނިކީ މިނާޖް މިއަހަރުގެ ޖޫންގައި ބޭއްވި އެމްވީޓީވީ ޔޫރަޕިއަން މިއުޒިކް އެވޯޑުގައި ދެއްކި ހުށަހެޅުމަށް ބަލައި އިއުލާންކުރި މި 22 ދުވަހުގެ ޓުއާ ކާމިޔާބު ވާނެ ކަމަށް އޭނާގެ ގެ ޓީމުން ވަރަށް ބޮޑަށް އުންމީދު ކުރިއެވެ.

ނިކީ އާ ގާތް މީހަކު މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި އޭނާ އަކީ އިންޑަސްޓްރީ ގައި މަޝްހޫރު ނަމަކަށްވިއަސް، ނިކީގެ މިއުޒިކަށްވުރެ މިހާރު އޭނާގެ މަގުބޫލުކަން އިތުރުވެފައި ވަނީ ކްރިއޭޓް ކުރާ ސްކެންޑަލްސް ނުވަތަ ޑްރާމާ ތަކާއި އޭނާ ދައްކާ ވާހަކަތަކަށެވެ.

ޓުއާގެ އެތައް ހާސް ޓިކެޓެއް ނުވިކި ހުރި އިރު، ނިކީ ވަނީ މިއަހަރުގެ ކުރީކޮޅު ނެރެން އުޅުނު އަލްބަމް ވެސް ނުނިމޭތީ، ލޯންޗުކުރުން ލަސްކޮށްފައެވެ.