އިސްލާމިކް މިނިސްޓްރީ

33 ވަނަ ގައުމީ ގުރުއާން މުބާރާތް ފަށައިފި

ފަތޯނާ ފާއިޒު

ތިރީސްތިން ވަނަ ގައުމީ ގުރުއާން މުބާރާތް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ އާންމު ބަޔާއި، ސްކޫލް ކުދިންގެ ބައި އަދި ހާފިޒުންގެ ބައެވެ.

މި މުބާރާތުގައި 1،273 ފަރާތުން ބައިވެރިވެއެވެ. އެއީ ސްކޫލްތަކުން ބައިވެރިވާ 10،31 ފަރާތާއި، އާންމު ބައިން ބައިވެރިވާ 238 ފަރާތެ އިތުރުން، ހާފިޒުންގެ ބައިގައި ބައިވެރިވާ ހަތަރު ފަރާތެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 33 ވަނަ ގައުމީ ގުރުއާން މުބާރާތް ކުރިއަށްދާއިރު، އެ މިނިސްޓްރީގެ ފޭސްބުކް އަދި ޔޫޓިއުޓް އެކައުންޓުން ވަގުތުން ދައްކަމުން ދާނެ ކަމަށެވެ. އަދި ބައިވެރިން ކިޔަވާއިރު ފޮޓޯ ނަގަމުންދާނެ ކަމަށާއި ގޫގުލް ޑްރައިވް މެދުވެރިކޮށް ދަރިވަރުންނަށް ފޮޓޯ ލިބޭނެ ކަމަށެވެ.

މިއީ މިފަދަ މުބާރާތެއް މީސްމީޑިއާގައި ލައިވްކޮށް، ދަރިވަރުންނަށް ފަސޭހައިން ފޮޓޯ ލިބޭނެ ގޮތަށް އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ފުރަތަމަަ ފަހަރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މުބާރާތް ކުރިއަށްދާއިރު ހިލޭ ބަހާ މުސްހަފު އަދި ފޮތް ވިއްކާ ސްޓޯލަކާއި ދީނީ ސުވާލާ ޖަވާބު ދޭނެ ސްޓޯލެއްވެސް ހުންނާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.