ކަނޑުމަތީގެ ހާދިސާތައް

ލޯންޗު ބަންޑުންޖަހާލި ހާދިސާ ގައި މަރުވި މީހުންގެ އަދަދު ފަހަކަށް އަރައިފި

ހދ. ނޮޅިވަރަމްފަރުން ފުރައިގެން އެއަތޮޅު ހަނިމާދޫއަށް އަށް 10 މީހުންނާ އެކު ދަތުރުކުރި ލޯންޗު ބަންޑުންޖަހާލި ހާދިސާ ގައި ފަސްމީހުން މަރުވެއްޖެއެވެ.

ހަނިމާދޫ ހޮސްޕިޓަލުން "ވަން" އަަށް މައުލޫމާތު ދެމުން ބުނީ މި ހާދިސާގައި މަރުވެފައިވަނީ ތިން އަންހެނުންނާއި އެއް ފިިރހެނެއްގެ އިތުރުން ކުޑަ އަންހެން ކުއްޖެއް ކަމުގައެވެ.

އަދި މިހާދިސާގައި ދެން ހޮސްޕިޓަލަށް ގެންދެވުނު އަނެއް ފަސް މީހުންނަށް މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާދެމުންކަމަށާއި މި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ހަނިމާދު ހޮސްޕިޓަލުން "ވަން" އަަށް ވަނީ މައުލޫމާތުދީފައެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވާ މީހުންގެ ތެރޭގައި ދެމަފިރިން ވާއިރު އޭގެ ތެރެއިން އަންހެންމީހާ ނިސްބަތްވަނީ ނޮޅިވަރަންފަރަށެވެ. އޭނާ އަށް ކިޔަނީ މަރިޔަމް މަނިކެއެވެ. އަދި ދެން މަރުވެފައިވަނި އޭނާގެ ފިރިމީހާ، އެ ރަށު ޓީޗަރެއްކަމަށްވާ ހުސެއިންއެވެ. ހުސެއިންއަށް އެރަށު މީހުން ކިޔައިއުޅެނީ ބޮޑު ޓީޗަރުކަމަށްވެސް ވެއެވެ.

މަރުވެފައިވާ ހަތަރު މީހުންނަކީ އެއް އާއިލާއެއްގެ ބައެއް ކަމުގައި މައުލޫމާތު ލިބިފައި ވިޔަސް މިކަން އަދި ވަނީ ކަށަވަރުވާގޮތް ނުވެފައެވެ.