މި ހާދިސާގައި ހޯދަމުން ދިޔަ އެންމެން މިހާރު ފެނިފައިވާއިރު 10 މީހުންގެ ތެރެއިން ފަސް މީހުން މަރުވެފައިވާކަމަށް ހަނިމާދޫ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ.
އޭގެ ތެރޭގައި ހިމެނެނީ ތިން އަންހެނުންނާއި ފިރިހެނަކާއި ކުޑަ އަންހެން ކުއްޖެކެވެ.
ހދ. ނޮޅިވަރަންފަރުން ފުރައިގެން 10 މީހުންނާ އެކު ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލި ހާދިސާގައި ދެމަފިރިން މަރުވެއްޖެއެވެ.
"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވަނީ ނޮޅިވަރަންފަރަށް ނިސްބަތްވާ އަންހެނެއްކަމަށް މަރިޔަމް މަނިކެ އަދި އޭނާގެ ފިރިމީހާ، ޓީޗަރެއްކަމަށްވާ ހުސެއިންއެވެ. ހުސެއިންއަށް އެރަށު މީހުން ކިޔައިއުޅެނީ ބޮޑު ޓީޗަރުކަމަށްވެސް ވެއެވެ.