ރެސްކިއު

ނޮޅިވަރަންފަރުން ފުރައިގެން ހަނިމާދޫއަށް ދިޔަ ލޯންޗުގައި ތިބި އެންމެން ހޯދައިފި، ދެމަފިރިން ވަނީ މަރުވެފައި

30 Aug 00:30

އަންހެން މީހާ ފެނިފައިވާކަމަށާއި އޭނާ މިހާރު ހަނިމާދޫ ހޮސްޕިޓަލަށް ގެންދާކަމަށް އެމްއެންޑީއެފުން މައުލޫމާތުދޭ

30 Aug 00:28

މިހާރު ނުފެންނަނީ އަންހެނެއް އެކަނި. އޭނާ ހޯދުމަށް ކޯސްޓު ގާޑް ލޯންޗު ދަނީ ހުއްޓުމެއް ނެތި ހަރަކާތްތެރިވަމުން ކަމަށާއި އާންމު ރައްޔިތުންވެސް އެމީހާ ހޯދުމުގައި އެހީވެދޭކަމަށް އެމްއެންޑީއެފުން މައުލޫމާތު ދޭ.

30 Aug 00:26

ލޯންޗުން ދަތުރުކުރި ދެމަފިރިން މަރުވެފައިވާކަމަށް "ވަން" އަށް ވަނީ ކަށަވަރުވެފައި.

މަރުވެފައިވަނީ ނޮޅިވަރަންފަރަށް ނިސްބަތްވާ އަންހެނެއްކަމަށް މަރިޔަމް މަނިކެ އަދި އޭނާގެ ފިރިމީހާ، ޓީޗަރެއްކަމަށްވާ ހުސެއިންއެވެ. ހުސެއިންއަށް އެރަށު މީހުން ކިޔައިއުޅެނީ ބޮޑު ޓީޗަރުކަމަށްވެސް ވެއެވެ.

30 Aug 00:13

ލޯންޗުން ފެނުނު އަންހެންމީހާ އާއި ކުއްޖާ އަށް ހަނިމާދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށް އެމްއެންޑީއެފުން މައިލޫމާތުދޭ

30 Aug 00:11

އެމްއެންޑީއެފް ކޯސްޓްގާޑް ލޯންޗުން ދަނީ މީހުން ހޯދުމުގައި ހަރަކާތްތެރިވަމުން ކަމަށާއި އިތުރު ސީ އެމްބިއުލަންސެއްވެސް އެބަ ހަރަކާތްތެރިވާކަމަށް އެމްއެންޑިއެފުން މައުލޫމާތުދޭ

30 Aug 00:10

ގެއްލިގެން ހޯދަމުންދިޔަ ދެއަންހެނުންގެ ތެރެއިން އެކަކާ ކުޑަ ކުއްޖާ ފެނިއްޖެ

29 Aug 23:58

ލޯންޗުން ދަތުރު ކުރި ދެ އަންހެނުންނާއި ކުޑަ ކުއްޖާ އަދި ނުފެންނަ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދޭ

29 Aug 23:58

ލޯންޗުން ދަތުރުކުރީ 10 މީހުން ކަމަށް މައުލޫމަތު ލިބޭ، އޭގެ ތެރެއިން ހަތް މީހުން އެމްއެންޑީއެފްގެ ނޮދާން އޭރިއާގެ ޑިންގީ ގައި ހަނިމާދޫ އަށް ވަނީ ގެންގޮސްފައި

29 Aug 23:56

ލޯނުޗު ފެނިއްޖެ. ބައްޑުންޖަހާލާފައިވަނީ ހަނިމާދޫ ކަންމައްޗަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދޭ.

ހދ.ނޮޅިވަރަންފަރުން ފުރައިގެން އެއަތޮޅު ހަނިމާދޫ އަށް ދަތުރުކުރި ލޯންޗެއްގެ ހަބަރު ނުވެގެން ހޯދުމަށް އެމްއެންޑީއެފް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މި ލޯންޗުގައި ކުޑަ ކުއްޖެއްގެ އިތުރުން ފަސް މީހުން ތިބިކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ. އެމްއެންޑީއެފްގެ ކޯސްޓް ގާޑް އެމްއާރްސީސީ އަށް މިހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 12:25 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުނެއެ.

މި ލޯންޗު ހޯދުމަށް އެމްއެންޑީއެފް ގެ ނޮދާން އޭރިއާއިން މިހާރު އަންނަނީ މަސައްކަތް ކުރަމުންމެވެ.