އައްޑޫ ސިޓީގެ މަރަދޫއިން ޒަހަމްތަކަކާއެކު އެއްލާލާފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ، ސ. މަރަދޫ ފުއްޓަރު ފަރާތުގައި ޒަހަމްތަކަކާއެކު މީހަކު އޮތް ކަމުގެ މައުލޫމާތު މިއަދު މެންދުރުފަހު 3:30 ހާއިރު ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި އެ މީހާއަށް ހިތަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ނަމަވެސް ފެނުނު މީހާގެ އާއި އޭނާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލެއް ފުލުހުން ނުބުނެއެވެ. ބުނީ، އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު އަދި ހައްޔަރު ނުކުރާ ކަމަށެވެ.