އެމްއެންޑީއެފް

ސީއެޗްއޯޑީ ކޮންފަރެންސް 2019 ގައި މޭޖާ ޖެނެރަލް ޝަމާލް ބައިވެރިވެވަޑައިގެންފި

މަރިޔަމް ޝަހުދާ

އޭޝިއާ ޕެސިފިކް ރީޖަންގެ ގައުމުތަކުގެ ޗީފް އޮފް ޑިފެންސް ބައިވެރިވެގެން ކޮންމެ އަހަރަކު ބާއްވާ ޗީފްސް އޮފް ޑިފެންސް، ސީއެޗްއޯޑީ ކޮންފަރެންސް 2019 ގައި ރާއްޖޭގެ ޗީފް އޮފް ޑިފެންސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ބައިވެރިވެވަޑައިގެންފި އެވެ.

މިއަހަރު ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދާ މި ކޮންފަރެންސް ރަސްމީކޮށް ފައްޓަވައި ދެއްވާފައިވަނީ ތައިލެންޑުގެ ޕްރައިމް މިނިސްޓަރު އަދި ޗީފް އޮފް ޑިފެންސް ޕްރައިޔޫތް ޗަން-އޯ-ޗާ އެވެ. މި ކޮންފަރެންސަކީ އޭޝިއާ ޕެސިފިކް ރީޖަންގެ ގައުމުތަކުގެ ސަލާމަތަށް ދިމާވާ ނުރައްކާތަކާމެދު މަޝްވަރާކޮށް، ކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާ ކުރާ ކޮންފަރެންސެކެވެ.

''ކޮލަބްރޭޝަން އިން އަ ފްރީ އެންޑް އޯޕަން އިންޑޯ-ޕެސިފިކް'' ގެ ޝިއާރާއެކު ކުރިއަށް ދިޔަ މި ކޮންފަރެންސްގައި 33 ގައުމެއްގެ ޗީފް އޮފް ޑިފެންސް ފޯސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.