ސިޔާސީ

މިއީ ސިޔާސީ ގޮތުން އިބްރަތް ހާސިލުކުރަންވީ ވަގުތު: އާދަމް ޝަރީފު

ފަތޯނާ ފާއިޒު

1

އިދިކޮޅު ކޯލިޝަންގައި މަސައްކަތް ކުރެއްވި ގިނަ މެންބަރުންތަކެއް ކޯލިޝަނުން ވަކިވެގެން ދިޔުމާއެކު، މިއީ ސިޔާސީ ގޮތުން އިބްރަތްތަކެއް ހާސިލު ކުރަންވީ ވަގުތު ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ރ. މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވަމުން އަންނަ މެންބަރު، އާދަމް ޝަރީފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އާ ހިތްވަރަކާއެކު، ޕާޓީގެ ސަފުތައް ރުކުރުވާލައި، ސަޕޯޓަރުންނާއެކު ދާނީ ކުރިއަށް ކަމަށެވެ.

އާދަމް ޝަރީފު މިރޭ ކުރެއްވި ޓްވީޓް

އާދަމް ޝަރީފް އެހެން ވިދާޅުވިއިރު މިރޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތް ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި އަހްމަދު ނިހާން ހުސެން މަނިކުވެސް ހިމެނިވަޑައިގަންނަވައެވެ.

"ޕާޓީގެ ސަޕޯޓަރުން ވާނީ ގިނަ. އިންޝާﷲ" އާދަމް ޝަރީފު ވިދާޅުވިއެވެ.

ޕީއެންސީގެ ކުރީގެ ނައިބު ރައީސްގެ އިތުރުން މިރޭ ޖޭޕީއާ ގުޅިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ފަލާހާއި، ކުރީގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދާއި، ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދާއި ޕީޕީއެމްގެ ތަރުޖަމާނު އަލީ އާރިފްގެ އިތުރުން ޕީޕީއެމްގެ ކުރީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އިގްބާލް އާދަމް ހިމެނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟