ހޮލީވުޑް

ސްޕައިސް ގާލްސް ގެ ސޯޝަލް މީޑިއާ ޗެނެލް އަދި ކަމްބެކް ވީޑިއޯ ލޯންޗުކުރުން މިއަދު

ކުރީގައި އެންމެ މަޝްހޫރު ވެގެން ދިޔަ އަންހެން ބޭންޑް ސްޕައިސް ގާލްސް ހުއްޓިފައި އޮތުމަށް ފަހު އަލުން ފެށުމުގެ މަސައްކަތް ކުރިއަށް ދާއިރު، މިއަދު އެ ބޭންޑްގެ ސޯޝަލް މީޑިއާ ޗެނެލް އާއި ކަމްބެކް ވީޑިއޯ ލޯންޗު ކުރަން ވަނީ ނިންމައިފަ އެވެ.

ހިތާމަވެރި ޚަބަރަކީ އެ ބޭންޑްގެ އެއް ލީޑް ތަރި މަޝްހޫރު ފެޝަން ޑިޒައިނަރު އަދި ޑޭވިޑް ބެކަމްގެ އަނބިކަނބަލުން ވިކްޓޯރިއާ ބެކަމް، ބޭންޑް ގެ ނަމުންނަމަ ޕޮޝް ސްޕައިސް، ބޭންޑުން ނުފެންނާނެއެވެ.

މީޑިއާ ތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ ބޭންޑްގެ ފަސް މެމްބަރުން ތެރެއިން ހަތަރު މެންބަރުން ކަމުގައިވާ ގެރީ 46 އަހަަރު، މެލް ބީ 43 އަހަރު، އެމާ 42 އަހަރު އަދި މެލް ސީ 44 އަހަރު، ބޭންޑްގެ ޓުއާއެއްގައި ވަރަށް އަވަހަށް ފުރާނެ ކަމުގެ އުފާވެރި ހަބަރު މިއަދު ގެ ވީޑިއޯގައި ދޭނެ އެވެ.