އެމޭޒަންގެ ޕްރައިމް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފްކޮށްފައިވާ ޑެލިވަރީ އޮޕްޝަން ގައި އެމީހަކު ގަންނަ މުދާ ބޭނުން ދުވަހެއްގައި ޑެލިވަރީ ކޮށްދޭ ގޮތަށް ހަމަޖައްސައިފި އެވެ.
އެމޭޒަން ޑޭ ފާހަގަކުރުމުގެ ގޮތުން ތައާރަފްކުރި މިހިދުމަތް ހަމައެކަނި ލިބޭނީ އެމެރިކާގައި ދިރިއުޅޭ އެމޭޒަންގެ ޕްރައިމް ކަސްޓަމަރުންނަށް އެކަނި ކަމުގައި އެކުންފުނިން މައުލޫމަތު ދެއެވެ.
އެމޭޒަން އިން ބުނީ ކަސްޓަމަރުންނަށް ފަސޭހަ ގޮތްތައް ތައާރަފުކުރަން އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެމޭޒަންއިން އަމާޒު ހިފާފައި ވަނީ ކަސްޓަމަރުންގެ އިތުބާރު ބޮޑުކޮށް ލުއިފަސޭހަ ނިޒާމެއް ގާއިމް ކުރުމަށް ކަމަށް އެ ބަޔާނުގައިވެ އެވެ. ފަހުން މި ތައާރަފް ކުރި ބަދަލާ އެކު ބުރަކޮށް މަސައްކަތް ކުރާމީހުން އެމީހުން ހަފުތާ ތެރޭގައި އޯޑަރުކުރާ މުދާ އޮފް ދުވަހާއި ދިމާކޮށް ހުރިހާ ޕެކޭޖްތަކެއް އެއްފަހަރާ އެއްދުވަހެއްގައި ޑެލިވަރީ ކޮށްދެވޭނެެވެ.