ޕާކިސްތާނުގެ އަންހެނަކު އޭނާގެ އުމުރުން 14 އަހަރުގެ އަންހެން ދަރިފުޅުގެ ކައިވެންޏަށް އެދުނު މީހަކަށް ނޫނެކޭ ބުނުމުން، އޭނާއަށް އެސިޑު ހަމަލާއެއް ދީފިއެވެ.
މިކަން ހިނގާފައިވަނީ ޕާކިސްތާނުގެ ގޮތުކީ އަވަށުގައެވެ. އެސިޑް ހަމަލާ ދިން އާމިރް މިރާނީ ނަމަކަށް ކިޔާ އެ ފިރިހެން މީހާ އަކީ ކިރު ވިއްކާ ފިހާރައެއްގެ ވެރިއެކެވެ. އޭނާ ވަނީ ރޭޝްމާ ބީބީއަށް އެތައް ދުވަހަކު ފުރައްސާރަ ކުރުމަށްފަހު، އެންމެ ފަހުން އޭނާގެ އުމުރުން 14 އަހަރުވީ އަންހެން ދަރިފުޅުގެ ކައިވެންޏަށް އެދިފައެވެ.
"އޭނާ އަހަރެން މަރާލަންވެސް އިންޒާރު ދިން. އަހަރެން ބުނިން، އަހަންނަކީ ފަސް ކުދިންގެ މަންމައެކޭ. އޭނަ ލަދުގަންނަން ޖެހޭނެޔޭ" ރޭޝްމާ ބުންޏެވެ.
ރޭޝްމާއާ އޭނާގެ ކުރީގެ ފިރިމީހާގެ ކައިވެނި ރޫޅުނުތާ ހަމަސް ވަނީ ވެފައެވެ.
ދަރިފުޅުގެ ކައިވެނިކޮށްދޭން ދެކޮޅު ހެދުމުން މިރާނީއަށް އެކަން ބަލައިގަންނަން ދަތިވިއެވެ. އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އޭނާ ވަނީ ރޭޝްމާ އުޅޭ ގެއަށް އެސިޑް ޖަހާފައެވެ. އެ ހަމަލާގައި އޭނާގެ މޫނާއި ފައި ފިހުނުއިރު، ތުއްތު ފިރިހެން ދަރިފުޅު ބިލާލްގެ މޫނުވެސް ފިހުނެވެ. އެދެމައިންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު ދެމީހުންގެ ހާލުވެސް ރަނގަޅެވެ.
އެ މައްސަލައާ ގުޅިގެން ޕާކިސްތާނު ފުލުހުން ވަނީ މިރާނީ ހައްޔަރުކޮށްފައެވެ.