އޭޑީކޭ ހޮސްޕިޓަލުން ކުރާ ކަކުލުހުޅުގެ އޮޕަރޭޝަނުގެ ބޮޑުބައެއް އާސަންދައިން ކަވަރުކޮށްދޭން ނިންމައިފިއެވެ.
އޭޑީކޭއިން ކަކުލު ހުޅުގެ އޮޕަރޭޝަން މިހާރު 63500 އަށް ކުރަމުން ގެންދާއިރު މި އަދަދުގެ ބޮޑުބައެއް އާސަންދައިން ކަވަރުކޮށްދިނުމަށް ވަނީ ހަމަޖައްސައިފައެވެ.
އާސަންދައިގެ އިންފޮމޭޝަން އޮފިސަރު އާޝިޔާ ސާލިހް "ވަން" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އާސަންދައިގެ ދަށުން މިހާރު ވަނީ ކަކުލު ހުޅުގެ އޮޕަރޭޝަން ފީގެ ތެރެއިން 60000 ކަވަރު ކޮށްދޭގޮތަށް ހަމަޖައްސާފައިކަމުގައެވެ.
އެހެންކަމުން ކަކުލު ހުޅުގެ އޮޕަރޭޝަން ކުރުމަށްދާ ބަލިމީހާ ދައްކަންޖެހޭ އަދަދު 3500 އަށް އާސަންދައިގެ ދަށުން މިވަނީ ކުޑަކޮށްދީފައެވެ.
ދާދި ފަހުން އާސަންދައިން ވަނީ މެޑިކެއާ ހޮސްޕިޓަލަށާއި ޓްރީޓޮޕް ހޮސްޕިޓަލުން ކުރާ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކަށް ވެސް އާސަންދައިގެ ހިދުމަތް ދިނުމަށް އެއްބަސްވެފައެވެ.