އެންޓި ކޮރަޕްޝަން ކޮމިޝަން

އޭސީސީން މާފަރު އެއާޕޯޓާ ގުޅޭ މައްސަލައެއް ބަލަން ފަށައިފި

ނ. މާފަރު އެއާޕޯޓާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަން ފަށައިފިއެވެ.

މާފަރު އެއާޕޯޓާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުންދާތީ ރީޖަނަލް އެއާޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަހްމަދު މަހުރީން ސަސްޕެންޑް ކުރުމަށް އެދިފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.

އޭސީސީން އެ މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮށްފައިނުވާ އިރު، ސިވިލް ސާވިސް ކޮމިޝަނުން ރީޖަނަލް އެއާޕޯޓްސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް މަހުރީން ސަސްޕެންޑް ކުރިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

މާފަރު އެއާޕޯޓަކީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ތަރައްގީކުރާ އެއާޕޯޓެކެވެ. އެ އެއާޕޯޓުގެ ރަންވޭގެ ދިގު މިނުގައި 2،200 މީޓަރު ހުންނަ އިރު، ފުޅާ މިނުގައި ހުންނަނީ 40 ފޫޓެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުން ކުރަމުންދާ ރަންވޭއާ އެއް ސައިޒެއްގެ ރަންވޭއެކެވެ.