އިންޑޮނީޝިއާގެ ޖަލަކުން 250 އަށްވުރެން ގިނަ ގައިދީން ފިލައިފިއެވެ.
އިންޑޮނީޝިއާގެ ހުޅަނގު ޕަޕުއާގައި ކުރަމުންދާ މުޒާހަރާތަކުގައި ހަމަނުޖެހުން ހިންގައި މުޒާހަރާގެ ބައިވެރީން ސަރުކާރުގެ އިމާރާތްތަކުގައި ހުޅުޖަހައި ޕަޕުއާގެ ސަރަހައްދީ ޖަލުގައި ހުޅުޖެހުމާއެކު ޖަލުގައި ތިބި ގައިދީން ޖަލު ފަޅާލައިގެން ވަނީ ބޭރަށް ނިކުމެފަ އެވެ. މިހާދިސާގައި ގައިދީން ހުއްޓުވަން މަސައްކަތް ކުރި އެތައްބަޔަކަށް އަނިޔާވެފައިވާކަމަށް އޮފިޝަލުން ބުނެ އެވެ.
ޕަޕުއާގައި ހަމަނުޖެހުން ހިނގަން މެދުވެރިވެފައިވަނީ އެޑިސްޓްރިކްޓްގެ ސުރަބަޔާ ސިޓީގެ ދަރިވަރަކު އިންޑޮނީޝިއާގެ ދިދައަށް އިހުތިރާމު ކުޑަކުރުމުން އެދަރިވަރު ހައްޔަރު ކުރުމާ ގުޅިގެންނެވެ.
ޕަޕުއާގެ އެކިސަރަހައްދުތަކަށް މުޒާހަރާގެ ބައިވެރިން ފެތުރި ހަމަނުޖެހުން ހިންގަން ފެށުމާއެކު އެގައުމުގެ ސަލާމަތީ ބާރުތަކުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
ޖަލުން ފިލި 258 ގައިދީންގެ ތެރެއިން މިހާތަނަށް އެނބުރި ޖަލަށް އައިސްފައިވަނީ އެންމެ ފަސް ގައިދީންނެވެ. ސަލާމަތީ ބާރުތަކުން ވަނީ ޖަލުން ފިލި ގައިދީން ހޯދުމުގެ މަސައްކަތް ފަށާފައެވެ.