ފަސޭހަކަމާއެކީ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހައްޖުވެރިންނަށް ހާއްސަކޮށްގެން އައިޖީއެމްއެޗްގައި ހާއްސަ ކުލިނިކެއް ހުުޅުވައިފި އެވެ.
އައިޖީއެމްއެޗުން ހައްޖުވެރިންނަށް ހާއްސަކޮށްގެން އިއްޔެ ހުޅުވި އޯޕީޑީ ކުލިނިކް ހިނގަމުންދާނީ މެންދުރު 2.00-ރޭގަނޑު 10.00އަށް ކޮންމެ ހަފުތާ އެއްގެ އާދިއްތަ، ހޯމަ، އަންގާރަ، ބުދަ، އަދި ބުރާސްފަތި ދުވަހު، ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
ކޮންމެ އަހަރަކުވެސް ހައްޖުގެ އަޅުކަމަށްފަށްފަހު ހައްޖުވެރިން އެނބުރި އަންނައިރު ބަލިތައް ފެތުރުން އިތުރުވާތީ މިކަމަށް ސަމާލުވުމަށް ރާއްޖޭގެ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އެގޮތުން ހައްޖުން އަންނަތާ 14 ދުވަސް ތެރޭގައި ހުން އައިސް ކެއްސައި، ނޭވާލާން އުނދަގޫ ވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ހައްޖުވެރިން އެނބުރި ރާއްޖެއައުމަށް މިމަހުގެ 17 ވަނަ ދުވަހު ފަށާފައިވާއިރު އެންމެ ފަހު ހައްޖުވެރިން ރާއްޖެ އައުމަށް ފުރާނީ މިމަހުގެ 31 ވަނަ ދުވަހުގެ ރޭ 12:25 ގައި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.