ހޮލީވުޑްގެ ބަތަލު ކަމުގައިވާ ޑުވެއިން ޖޮންސަންސް ކައިވެނިކޮށްފިއެވެ.
ދަ ރޮކްގެ ނަމުން މަގުބޫލުކަން ލިބިފައިވާ ޑުވެއިން ކައިވެނި ކުރީ ހަވާއީގައެވެ. އޭނާ ކައިވެނިކޮށްފައިވަނީ ގިނަ އަހަރުތަކެއްވަންދެން ރައްޓެހިވެގެން އުޅުނު ބައިވެރިޔާ، ލޮރެން ހާޝިއަން އާއެވެ.
ސަޕްރައިޒްކޮށް ކުރި މި ކައިވެންޏަށްފަހު ޑުވެއިން ވަނީ އެދެބައިވެރިން އެކީގައި ނަގާފައިވާ ދެ ފޮޓޯއެއް މީސް މީޑިއާގައި ހިއްސާކޮށްފައެވެ.
ޑުވެއިން އާއި ލޮރޭން ފުރަތަމަ ދިމާވެފައިވަނީ 2006 ގައެވެ. އެ ދެބައިވެރިން ރައްޓެހިވީ 2007 ގައެވެ. 12 އަހަރުވެފައިވާ މި ގުޅުން ސަޕްރައިޒްކޮށް ރަސްމީވެގެން ދިޔުމުން ފޭނުންތައް އަންނަނީ އެމީހުނަށް ތަހުނިޔާ ފޮނުވަމުންނެވެ.