ރާއްޖޭގައި އީ-ސްޕޯޓް ޕްރޮމޯޓް ކުރުމާ ގުޅޭ ގޮތުން މިނިސްޓަރު އޮފް ޔޫތު، ސްޕޯޓްސް އެންޑް އެމްޕަވަމަންޓް އަހުމަދު މަހުލޫފް ދެ އެސޯސިއޭޝަނަކާ މަޝްވަރާކުރައްވައިފި އެވެ.
ޔޫތު މިނިސްޓްރީގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަ މަހުލޫފް ވަނީ މޯލްޑިވްސް އީ-ސްޕޯޓިންގް އެސޯސިއޭޝަންގެ އިތުރުން ގޭމާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކްސްކޯ މެންބަރުންނާ ބައްދަލު ކުރައްވައިފައެވެ. މި ބައްދަލުވުމުގައި ދެ އެސޯސިއޭޝަނުން ވަނީ ރާއްޖޭގައި އީ-ސްޕޯޓްސް އަދި އީ-އެންޓެޓެއިންމަންޓް ދާއިރާ ފުޅާ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.
މޯލްޑިވްސް އީ-ސްޕޯޓިންގް އެސޯސިއޭޝަނަކީ 2008 ވަނަ އަހަރުން ފެށިގެން އިލެކްޓްރޯނިކް އެކި ގޭމްތަކުގެ ރޭޓިންގް މޮނިޓަރ ކުރާ އަމިއްލަ ޖަމާއަތެކެވެ. މީގެ އިތުރުން މި އެސޯސިއޭޝަނުން ވަނީ ރާއްޖޭގައި އީ-ސްޕޯޓިންގް ގެ އެކި އިވެންޓުތައް ކުރިއަށް ގެންގޮސްފައެވެ.
2017 ވަނަ އަހަރު އުފެއްދި ގޭމާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި ވާދަވެރި މާހައުލެއްގައި ކޮމްޕިއުޓާ/އިލެކްޓްރޯނިކް ގޭމް ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އުފެއްދި އެސޯސިއޭޝަނެކެވެ.