އއ. މޫފުށި ރިސޯޓުން ސްނޯކްލިންއަށް ދިޔަ ފަތުރުވެރި ދެމަފިރިއެއްގެ ހަބަރެއް ނުވެގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ސްނޯކްލިންއަށް ދިޔަ ފަތުރުވެރި ދެމަފިރިއެއްގެ ހަބަރެއް ނުވެގެން އެމްއެންޑީއެފްގެ ކޯސްޓްގާޑު މެރިން ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ރިޕޯޓްކުރީ މިއަދު 11:19 ގައި ކަމަށެވެ.
މިދެމަފިރިން ސްނޯކުލިންއަށް ފޭބީ އެރަށު ފަޅުތެރެއަށް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި ސްނޯކްލިންއަށް ދިޔަ ދެމަފިރިން ހޯދުމަށް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.