މާލެ އަތޮޅު ދިއްފުށި ފަރަށް ސަފާރީއެއް އަރައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ، ''މުނަ ޔޮޓް'' ނަމަކަށް ކިޔާ އެ ސަފާރީ އަރާފައިވަނީ ދިއްފުށި އިރުމަތި ފަރަށް ކަމަށެވެ. އެހާދިސާ ހިނގިކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 5:29 ގައި ކަމަށާއި އެހާދިސާގެ ރިޕޯޓް ލިބުމާއެކު އެސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަމުންދާކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މިހާދިސާ ހިނގިއިރު ސަފާރީގައި ތިބީ ހަތަރު ދިވެހިންނާއި އެއް ބިދޭސީ އެކެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ރަށްރަށުގައި ފެންބޮޑުވެފައިވެއެވެ.
އަދި މި ދުވަސްވަރު ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.