އެމްއެންޑީއެފް

ހާލު ބޮޑުވެގެން ދުވަސްވީ މީހަކާއި ކުޑަ ކުއްޖަކު ސީ އެމްބިއުލެންސްގައި މާލެ ގެންނަނީ

ފ. އަތޮޅުގެ ދެ ރަށަކުން ހާލު ބޮޑު ބަލި ދެމީހަކު މިރޭ ކޯސްޓް ގާޑުގެ ސީ އެމްބިއުލެންސްގައި މާލެ ގެނައުމަށް ދަތުރުކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ފ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ 72 އަހަރުގެ އަންހެނަކާއި އަދި ފ. ފީއަލި ހެލްތު ސެންޓަރުގައި ފަރުވާ ދެމުންދިޔަ އަށް އަހަރުގެ އަންހެން ކުއްޖަކު ހާލު ބޮޑުވުމާ ގުޅިގެން އިތުރު ފަރުވާއަށް މާލެ ގެނައުމަށް ދަތުރު ކުރަމުންދާކަމަށެވެ.

އަދި ކަނޑުގަދަ ވުމާއި ގުޅިގެން އެދެމީހުން މާލެ ގެނެވޭނެ ކަމަށް ބެލެވެނީ މިރޭ ބާރަ ޖަހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.