ވޭލް ސަބްމެރިން އަޅާފައި އޮންނަ ޑޮކްގެ ފައްތިޔާ ކަނޑައިގެން ދިއުމުން އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ، މޫސުން ގޯސްވެ ކަނޑު ގަދަވުމާ ގުޅިގެން، ވޭލް ސަބްމެރިން އަޅާފައި އޮންނަ ޑޮކްގެ ފައްތިޔާ ކަނޑައިގެންގޮސްފައިވާ ކަމުގެ މައުލޫމާތު ކޯސްޓްގާޑަށް ލިބުނީ މިއަދު 15:22 ހާއިރު ކަމަށެވެ.
އެ މައުލޫމާތު ލިބުމާއެކު އެ ސަރަހައްދުގައި ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިދުވަސްވަރަކީ މޫސުން ގޯސްވެ، ކަނޑު ގަދަ ދުވަސްވަރަކަށްވާތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ސަލާމަތީ ބާރުތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގާފައިވާއިރު ބައެއް ރަށްރަށަށް ވަނީ ގެއްލުންތައް ވެސް ލިބިފައެވެ.