ކުއްލި ޚަބަރު

ތިން މީހުންނާއެކު ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައިފި

ތާޖް އެގްޒޯޓިކާ ރިސޯޓް އެންޑް ސްޕާ ކައިރިން ތިން މީހުންނާއެކު ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.

އެމްއެންޑީއެފް އިން ވަނީ މި ހާދިސާގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، ޑިންގީ ބަންޑުންޖަހާލި އިރު ޑިންގީގައި ތިން މީހުން ތިބި ކަމަށް މައުލޫމާތު ދީފައެވެ. އަދި މި ތިން މީހުންވެސް މިހާރު ފެނިފައިވާކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން މައުލޫމާތު ދިންގޮތުގައި ބަންޑުޖަހާލި ޑިންގީގައި ތިބި ތިން މީހުން ސަލާމަތް ކޮށްފައިވަނީ ތާޖް އެގްޒޯޓިކާ އަށް ދިޔަ ލޯންޗަކަށް އެމީހުން ފެނިގެންނެވެ.

އަދި މި ތިން މީހުންގެ ހާލުވެސް ރަނގަޅުކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި ހާދިސާގެ ހަބަރު ލިބުނީ މިއަދު 17:38 ހާއިރު ކަމަށެވެ.