ކުއްލި ޚަބަރު

އަނެއްކާވެސް ތެލެސީމިއާ ކުއްޖަކު މަރުވެއްޖެ

މަރިޔަމް ޝަހުދާ

1

ތެލިސީމިއާ ސެންޓަރުގައި ފަރުވާދެމުން ދިޔަ ކުއްޖަކު އަނެއްކާވެސް މަރުވެއްޖެ އެވެ.

މޯލްޑިވްސް ތެލެސީމިއާ ސެންޓަރގެ ޑރ. އަހުމަދު އުމަރު "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވި ގޮތުގައި މަރުވެފައިވަނީ އދ. މާމިގިއްޔަށް އުފަން 18 އަހަރުގެ އަންހެނެކެވެ. އެ އަންހެންމީހާ މަރުވެފައި ވަނީ ބޯން މެރޯ ހެދުމަށްފަހު ދިމާވި ކޮމްޕްލިކޭޝަންސް ތަކަކަށް ފަރުވާ ދެމުން އަންނަނިކޮށެވެ. އުމަރު ވިދާޅުވީ ކޮމްޕްލިކޭޝަންސްތައް ދިމާވީ ބޯން މެރޯ ޓްރާންސްޕްލާންޓަށް ފަހު އެ އަންހެންމީހާ ރަނގަޅުވަމުން އަންނަނިކޮށްކަމަށެވެ.

އެ އަންހެންމީހާ އަކީ ފާއިތުވި ދެމަސް ދުވަސްތެރޭ މަރުވި ތެލެސީމިއާ ހުންނަ ނުވަ ވަނަ މީހާއެވެ.

ފާއިތުވި ދެމަސް ދުވަހުގެ ތެރޭ ތެލެސީމިއާ ހުންނަ، 11 އަހަރާއި 27 އަހަރާއި ދެމެދުގެ ގިނަ އަދަދެއްގެ މީހުން މަރުވުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް، މޯލްޑިވްސް ތެލަސީމިއާ ސޮސައިޓީން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ހެލްތު މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ. ރާއްޖެފަދަ ތެލެސީމިއާ ކެރިއަރުން ގިނަ ގައުމެއްގައި ތެލެސީމިއާ ކުދިން މަރުވާ އަދަދު ގިނަ ވަމުން ދިޔުމަކީ އެތައް ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރާ ކަމެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟